Last Updated: July 11, 17:50
Saturday, July 11, 2026
ޚަބަރު

އޭއީއެޗްގެ ފްލޫ ކްލިނިކް ބަންދު ކުރަނީ

ނޭވާލާ ނިޒާމަށް ޖެހޭ އެކި ބަލިތައް އިތުރުވަމުންދިޔުމާ ގުޅިގެން އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ހުޅުވި ފްލޫ ކްލިނިކް ބަންދު ކުރަން ނިންމައިފި އެވެ.

އެތަނުން ބުނީ ނޭވާލާ ނިޒާމަށް ޖެހޭ ބަލިތައް ބޮޑުތަނުން މަދުވެފައިވާތީ، އަންނަ އާދީއްތަ ދުވަހުން ފެށިގެން ފްލޫ ކްލިނިކް ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ފްލޫ ކްލިނިކް ބަންދުކުރި ނަމަވެސް ހުމާއި، ކެއްސުން، ކަރުތެރެ ރިއްސުން، ނުވަތަ ނޭވާލާން އުނދަގޫވުން ފަދަ ނޭވާލާ ނިޒާމުގެ އަލާމާތްތައް ހުންނަ ބަލި މީހުން އާންމު ގަޑިތަކުގައި ހޮސްޕިޓަލުގެ އޯޕީޑީ އަށް ޒިޔާރަތް ކުރުމަށް އޭއީއެޗުން ވަނީ އެދިފަ އެވެ.

އައްޑޫގައި މި ފަހުން އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވެ އެވެ.