އެމްޑީޕީގެ ހަރުގެއަށް ގެއްލުން ދީފި އެވެ.
އެމްޑީޕީގެ ހަރުގެއަށް ގެއްލުން ދީފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އެގޮތުން ހަރުގޭގެ ދޮރެއް ވަނީ ހަލާކުކޮށްލާފަ އެވެ. މިއީ މިއީ ކޮން ބަޔަކު ކުރި ކަމެއް ކަމެއް އަދި އެނގިފައެއް ނުވެ އެވެ.
މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ވެސް ހަރަކާތްތެރިވެފައިވާއިރު، މިކަމާ ގުޅޭގޮތުން ފުލުހުން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
މިއަހަރުގެ ކުރީކޮޅު އެމްޑީޕީގެ ހަރުގެއަށް ކަޅުތެޔޮ ވެސް ޖަހާފައިވެ އެވެ.