ޑާކް ރެއިން އެންޓަޓައިންމަންޓުން ގެނެސްދޭން ތައްޔާރުވަމުން އަންނަ އާ ސީރީޒް "މޫސުން" ގެ ރަސްމީ ޕޯސްޓަރު ދައްކާލައިފި އެވެ.
މީޑިއާނެޓްގެ ސްޓްރީމިން ޕްލެޓްފޯމް، ވީޑިިއޯކުލަބުން މި ސީރީޒް ވަރަށް އަވަހަށް ސްޓްރީމްކުރަން ފަށާނެ ކަމަށް ވެސް ޑާކް ރެއިނުންނެވެ. އެހެންވެ "މޫސުން" އަށް އިންތިޒާކުރާ މީހުން މިހާރު ތިބީ ޓްރެއިލާ ދައްކައިލާނެ އިރަކަސް ބަލަބަލަ އެވެ.
މިއީ އެހާރާއި މިހާރުގެ ހާދިސާތަކެއް ދައްކުވައި ދޭނެ އަސަރުގަދަ ވާހަކައެއް ކިޔައިދޭނެ ސީރީޒެކެވެ. "މޫސުން" އަކީ އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށް ގެނެސްދޭ އެއްޗެކެވެ. އޭނަ އަކީ ޑާކް ރެއިނުން އެންމެ ފަހުން މީޑިއާނެޓަށް ގެނައި ސީރީޒް "ފެށުމާއި ނިމުން" ގެ ވެސް ޑައިރެކްޓަރެވެ.
"މޫސުން" އަކީ "ފެށުމާއި ނިމުން" ގެ ކުރިން މީޑިއާނެޓަށް ޑާކް ރެއިނުން ގެނައި "ރޯލީމޭ" ގެ ވެސް ސްކްރީންޕްލޭ ލިޔުނު ޝަހުދާ މަހުމޫދުގެ ސްކްރިޕްޓަކަށް ހަދާ 10 އެޕިސޯޑްގެ ސީރީޒެކެވެ.
ބޮޑު ކާސްޓެއް ފެންނާނެ "މޫސުން" ގެ ތަރިންގެ ތެރޭގައި އައިޝާ އަލީ، މުހައްމަދު މަނިކު، ރަޒާން ރާމިޒު، މުހައްމަދު މަޒީން، ހުސައިން ސާމީ، ނުޒުހަތު ޝުއައިބު (ނުޒޫ)، އައިމިނަތު ޝުހާ، އަލީ ޝަޒްލީމް، އައިޝަތު ގުލްފާމް، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، މުހައްމަދު ވިޝާލް (ރޯމަން) އަދި މަރިޔަމް ހަލީމް ފަދަ އެތައް ތަރިންނެއް ހިމެނެ އެވެ.
ޑާކް ރެއިނުން މި އަހަރު ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައި އޮތް ފީޗާ ފިލްމަކީ އޮކްޓޯބަރު 6 އަށް ތާވަލުކޮށްފައި އޮތް އެކްޝަން ތުރިލާ "އަލިފާން" އެވެ.
އެ ސްޓޫޑިއޯގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ހޮރޯ-ކޮމެޑީ "ބިބީ" އެވެ.