Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

ސައުދީގެ 'މިލާފް ކޯލާ' ރާއްޖެ އަށް

ކަދުރުން ތައްޔާރުކޮށްފައިވާ ސައުދީ އަރަބިއްޔާގެ މަގުބޫލު ކޯލާ 'މިލާފް' ރާއްޖޭގެ ބާޒާރަށް ރޭ ނެރެފި އެވެ.

މި ބުއިން ރާއްޖެ އަށް ތައާރަފުކުރީ ފުޅާ ދާއިރާއެއްގައި ހޯލް ސޭލާއި ރީޓެއިލްކުރާ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ސްޓޭންޑާޑް އެންޑް އޮރިޖިން ޕްރައިވެޓް ލިމިޓެޑުންނެވެ.

އެ ކުންފުނިން ބުނީ 'މިލާފް' ކޯލާ އަކީ ސިއްޙަތަށް ބަލައިގެން ކެއިންބުއިން ބައްޓަންކުރާ މީހުން ބޭނުން ކުރަން ވަރަށް ރަނގަޅު އުފެއްދުމަކަށް ވާނެ ކަމަށެވެ.

ރާއްޖޭގެ ބާޒާރަށް އަލަށް ނެރުނު މި ކޯލާ ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވެސް ވިއްކާނެ އެވެ.

މިދިޔަ އަހަރު ސައުދީގައި ނެރުނު މި ކޯލާ އަކީ ސައޫދީ އެރޭބިއަންގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑްގެ ސަބްސިޑަރީއެއް ކަމަށްވާ ތުރާތު އަލް މަދީނާގެ އުފެއްދުމެކެވެ. އެ ކުންފުނިން ބުނެފައު ވަނީ ހަރުކު ބޭނުން ނުކޮށް ކަދުރުން ތައްޔާކުރި މި ކޯލާ އަކީ ތަފާތު ގޮތްގޮތަށް ކަދުރު ބޭނުން ކުރެވިދާނެ ދައްކައިވައި ދިނުމާއި ސައުދީގެ އުފެއްދުންތެރިކަން އިތުރު ކުރަން ވުޖޫދަށް ގެނައި ވަރަށް ވެސް ރަހަ މީރު، ސިއްހަތަށް ފައިދާ ހުރި ކޯލާއެއް ކަމަށެވެ.