Last Updated: August 20, 20:49
Wednesday, August 20, 2025
ޚަބަރު

އެމްޑީޕީގެ ހަރުގެއަށް ގެއްލުން ދިން މީހާ ހައްޔަރަށް

އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ މ. ސްޓާ، މުހައްމަދު ރަޒީން، 49، ކަމަށެވެ. އޭނަ އަކީ މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެކެވެ. އެންމެ ފަހުން އޭނާ ހައްޔަރުކުރީ މާލޭގެ ކެފޭއެއްގެ ބިއްލޫރި ރެކު ތަޅާލި މައްސަލައެއްގައި މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.

އެމްޑީޕީ ހަރުގޭގެ ދޮރަށް ރަޒީން ގެއްލުން ދިން މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ރޭ ދަންވަރު 01:30 އެހާކަށްހާއިރު އެވެ.