Last Updated: June 9, 18:41
Tuesday, June 9, 2026
މުނިފޫހިފިލުވުން

'ބިގް ބޮސް 19' މި މަހު ފަށަނީ

ސަލްމާން ހޯސްޓް ކުރަމުން އަންނަ އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޝޯ، 'ބިގް ބޮސް' ގެ 19 ވަނަ ސީޒަން ޕްރީމިއާކުރާ ތާރީހު އިއުލާންކޮށް، ޝޯގެ ފުރަތަމަ ޕްރޮމޯ ވެސް ދައްކާލައިފި އެވެ.

ކަލާސް ޓީވީގެ މި ޝޯ ޕްރީމިއާ ކުރަން ނިންމާފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ރެ އެވެ. އެކަމަކު އަދި އާ ސީޒަނުން ފެންނާނީ ކޮންކޮން ސެލެބްރިޓީންނެއް ކަމެއް ރަސްމީކޮށް ކަށަވަރެއް ނުވެ އެވެ. ނަމަވެސް ގާތްގަނޑަކަށް 18 ވަރަކަށް ސެލެބްރިޓީން ޝޯ އިން ފެންނާނެ ކަމަށް ބެލެވެ އެވެ.

ދެހާސް ހަޔަކުން ފެށިގެން ގެނެސްދެމުން އަންނަ "ބިގް ބޮސް" އަކީ އިންޑިއާގެ ސެލެބްރިޓިންނާ އެކު ގެނެސްދޭ ޝޯއެކެވެ. އެގޮތުން ސެލެބްރިޓީން އެއް ގެއެއްގައި ގާތްގަނޑަކަށް ހަތަރު ވަރަކަށް މަހަށް ގެންގުޅުމުން އެ މީހުންގެ އަސްލު ސޫރަ ޝޯގެ ތެރެއިން ފެނިގެންދެ އެވެ.

މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ނިންމައިލި 'ބިގް ބޮސް 18' ކާމިޔާބުކުރީ މަޝްހޫރު ޓީވީ އެކްޓަރު ކަރަންވީރު މެހެރާ އެވެ.

ސަލްމާން މި ޝޯ ހޯސްޓްކުރަމުން އަންނަނީ ހަތަރު ވަނަ ސީޒަނުން ފެށިގެންނެވެ.