އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ހަންގޭރީއަށް ވަޑައިގެންފި އެވެ.
އިއްޔެ ވަނީ އެ ގައުމުގެ ގެ ފޮރިން މިނިސްޓަރު ޕީޓާ ސިހާޓޯއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.
It was great meeting my dear friend, the Minister of Foreign Affairs and Trade of #Hungary, Péter Szijjártó @FM_Szijjarto in Budapest today.
We discussed a wide range of topics, including various conflicts around the world, and agreed that peace is now more urgent than ever.
— Abdulla Shahid (@abdulla_shahid) August 1, 2025
ސޯޝަލް މީޑިއާގައި ޝާހިދު ވިދާޅުވީ ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓުގައި އިއްޔެ އޮތް ބައްދަލުވެއްގައި ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ހިމެނޭހެން އެކި މައުޟޫއުތަކާ މެދު ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަސެވެ.
"ސުލްހަ މިހާރަށް ވުރެ ކޮންމެހެން މުހިންމުކަމަށް އަޅުގަނޑުމެން އެއްބަސްވަން." އޭނަ ވިދާޅުވި އެވެ.
The UN was founded to enable talks between conflicting states. But like other international bodies, it’s been hijacked by pro-war forces. After 3.5 years of war in Ukraine it should be clear to all: this war won’t end on the battlefield. Met former UNGA President @abdulla_shahid. pic.twitter.com/mC6cLqIvEQ
— Péter Szijjártó (@FM_Szijjarto) July 31, 2025
ހަންގޭރީގައި އެ ގައުމުގެ ފޮރިން މިނިސްޓަރާ ޝާހިދު ބައްދަލު ކުރައްވައި ދުނިޔޭގެ ސުލްހައާ ގުޅޭ މަޝްވަރާތަކެއް ކުރެއްވި އިރު، ސިހާޓޯ އަކީ އެމްޑީީގެ ވެރިކަމުގައި ރާއްޖެ އަށް ވެސް ވަޑައިގެންނެވި ބޭފުޅެކެވެ. އެއީ ނޮވެމްބަރު 9، 2022 ގަ އެވެ.