Last Updated: July 26, 06:13
Sunday, July 26, 2026
ދުނިޔެ

ކޮލަމްބިއާގެ ކުރީގެ ރައީސް 12 އަހަރަށް ގޭބަންދަށް

މަކަރާއި ހީލަތާއި މަގާމުގެ ބޭނުން ނާޖާއީޒު ގޮތުގައި ހިއްޕަވައި ހެކި ނައްތައިލަން މަސައްކަތް ކުރެއްވުމުގެ ކުށް ސާބިތުވެ ކޮލަމްބިއާގެ ކުރީގެ ރައީސް އަލްވާރޯ އުރައިބް 12 އަހަރަށް ގޭބަންދުކުރަން ހުކުމްކޮށްފި އެވެ.

އޭނަގެ މައްޗަށް އިއްވި އެ ހުކުމްގެ އިތުރުން 578،000 ޑޮލަރުން ޖޫރިމަނާކޮށްފައިވެ އެވެ. އުރައިބްގެ މައްޗަށް އައި އިއްވި ހުކުމާ ގުޅިގެން އޭނަ އަށް ދެން ސިޔާސީ އެއްވެސް މަސައްކަތެއް ވެސް ނުކުރެއްވޭނެ އެވެ.

އުރައިބަކީ ކޮލަމްބިއާގެ ޕާޓީއެއް ކަމަށްވާ ޑިމޮކްރެޓިކް ސެންޓާގެ ލީޑަރެވެ.

މިހާރު އުމުރުން 73 އަހަރުގެ އުރައިބް ކޮލަބްބިއާގެ ރައީސްކަން ކުރެއްވީ 2002-2010 އަށެވެ، އޭނަ އަކީ އެ ގައުމުގެ ތާރީހުގައި ވެސް ހުކުމެއް އައި ފުރަތަމަ ވެރިޔާ އެވެ.

ހުކުމާ ގުޅިގެން ކޯޓްގައި އުރައިބް ވިދާޅުވީ އޭނަ އެއްވެސް ކުށެއް ނުކުރައްވާ ކަމަށާއި އިއްވި ހުކުމަކީ ޑިމޮކްރަސީގެ އަޑު ކަނޑުވައިލަން ކުރި ހުކުމެއް ކަމަށެވެ. އެހެންވެ އެ ހުކުމް އިސްތިއުނާފު ވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.