Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ބޭރުގެ ބޯޓަކުން ބަލިމީހަކު މަނަދު އަށް ގެންގޮސްފި

"ޓައިޑެކްސް" ނަމަކަށް ކިޔާ ބޭރުގެ ބަލްކް ކެރިއަރެއްގައި އޮތް ހާލުބޮޑު ބަލި މީހަކު، ޞިއްޙީ އަވަސް ފަރުވާއަށް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑުގެ އެހީތެރިކަމާ އެކު ނ. މަނަދު އަށް ގެންގޮސް ދީފި އެވެ.

އެމްއެންޑީއެން މިއަދު ބުނީ ނ. އަތޮޅު ދިގުފަރު ކައިރިން ދަތުރު ކުރަމުން ދަނިކޮށް، ބަލްކް ކެރިއަރުގައި އޮތް މީހާގެ ޞިއްހީ ހާލަތު ގޯސްވިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑަށް ލިބުނީ ރޭ ފަތިހު 04:45 ހާއިރު ކަމަށެވެ.

އެ މަޢުލޫމާތު ލިބުމާ އެކު، އެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ބަލްކް ކެރިއާ އޮތް ސަރަހައްދަށް ދަތުރުކޮށް، ބަލިމީހާ، ސީ އެމްބިއުލާންސަން ނެގި ކަމަށް ބުންޏެވެ. އެމްއެންޑީއެފުން ބުނީ ހާލު ދެރަވި މީހާ އަކީ 49 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ މީހާ މަނަދު އަށް ގެންދިޔައީ ހެނދުނު 9:00 ގަ އެވެ.