Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

ކުނި ދޯންޏެއް ފަރަކަށް އަރައިފި

ކުނި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ފަރަކަށް އެރުމާ ގުޅިގެން ސިފައިން އެހީތެރިކަން ފޯރުކޮށް ދީފި އެވެ.

އެމްއެންޑީއެފުން ބުނީ ހއ. އަތޮޅު މަނަފަރު ރިސޯޓުން ކުނި ބަރުކޮށްގެން ކ. ތިލަފުށްޓަށް ދަތުުރުކުރަމުން ދަނިކޮށް ފަރަށް އެރި "ގުރުވަ 1" ނަމަކަށްކިޔާ ދޯނީގައި ތިބި ފަޅުވެރީންނަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމަށެވެ.

ދިވެއްސަކާއި ދެ ބިދޭސީންނާ އެކު ދަތުރުކުރަމުން ދިޔަ އެ ދޯނި، ކުޑަރަށް ކައިރިން ފަރަށް އެރިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަން އަށް ލިބުނީ ރޭ ދަންވަރު 11:24 ހާއިރު އެވެ.

އެ ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ނޮދަން އޭރިއާގެ ހާބަކްރާފްޓް އެ ސަރަހައްދަށް ދަތުރުކޮށް، ދޯނިން ދަތުރުކުރި ތިން ފަޅުވެރިން ނަގާފައިވެ އެވެ.

އަދި އެ މީހުން މިއަދު ހެނދުނު 08:45 ހާއިރު ނ. ހޮޅުދު އަށް ގެންގޮސްފައިވެ އެވެ.