މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އީ-އިންވޮއިސިން ސިސްޓަމެއް ތައާރަފު ކުރަން ނިންމައިފި އެވެ.
ދައުލކަތުގެ ޓެކްސް އިދާރާ އިން ބުނީ އެކަމާ ގުޅޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މީރާގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުން އަންނަ އިރު، ގުޅިގެން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވީ ކުރިއަރާފައިވާ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރާ ފަދަ، އިލެކްޓްރޯނިކް އިންވޮއިސިން ސިސްޓަމެއް ރާއްޖެއަށް ވެސް ތައާރަފު ކުރުން މުހިއްމު ކަމަށެވެ.
އޭނަ ވިދާޅުވީ މިއީ ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަެވެ. އަދި މިފަދަ ފަސޭހަތައް ފަހިކޮށް ދިނުމަކީ މީރާގެ މަގުޗާޓްގައި ވެސް ހިމެނޭ މުހިއްމު ލަނޑުދަނޑިއެއް ކަމަށް ވިދާޅުވި އެވެ.
ޒަރީރު ވިދާޅުވި ގޮތުގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މީރާގެ މަސައްކަތްތައް ހަލުވިކޮށް ހަރުދަނާ ކުރުމަށާއި ހިދުމަތްތައް ފަސޭހަކޮށްި ދނުމަށް މީރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަގުޗާޓްގައިވާ ކަންކަން ހާސިލުކުރަން ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.