އިމްރާން ހާޝިމީ ބަތަލިފެ ރޯލު ކުޅޭ ފިލްމު "އާވާރާޕަން 2" ގެ ބަތަލާ އަކާ ތާރާ ސުތާރިއާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ނަމަވެސް މިކަން އަދި އެ ފިލްމުގެ ޓީމުން އަދި ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. އިމްރާނާ އެކު ތާރާ އަދި މިހާތަނަށް އެހެން ފިލްމެއްގައި މަސައްކަތްކޮށްފައި ނުވާތީ "އާވާރާޕަން 2" ވާނީ އެ ދެ މީހުންގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފިލްމަށެވެ.
މި ފިލްމަކީ ބަޓް ކޭމްޕްގެ ވިޝޭޝް ފިލްމްސް އިން 2007 ގައި ކްރައިމް ޑްރާމާއެއްގެ ގޮތުގައި ގެނެސްދިން "އާވާރާޕަން" ގެ ސީކްއެލް އެވެ. ޝްރިޔާ ސަަރަން ބަތަލާގެ ރޯލު ކުޅުނު އެ ފިލްމަކީ އިންޑިއާގެ ބޮކްސް އޮފީހުގައި މިހާރު ރަސްކަން ކުރަމުން އަންނަ ފިލްމު "ސައްޔާރާ" ހެދި މޯހިތު ސޫރީ އެވެ.
ނަމަވެސް "އާވާރާޕަން 2" ޑައިރެކްޓް ކުރަނީ ނިތިން ކައްކަރް އެވެ. އަދި ފިލްމުގެ ސްކްރީންްލޭ ލިޔެފައި ވަނީ އިމްރާން ކުޅުނު ނެޓްފްލިކްސްގެ 2019 ގެ ސީރީޒް "ދަ ބާޑް އޮފް ބްލަޑް" ވެސް ލިޔުނު ބިލާލް ސިއްދީގީ އެވެ.
ކަރަން ޖޯހަރްގެ ދަރުމާގެ 2019 ގެ "ސްޓޫޑެންޑް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ނުކުތް ތާރާގެ އެންމެ ފަހުގެ ފިލްމަކީ 2023 ގެ "އަޕޫރްވާ" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކަންނާޑާ އެކްޓަރު ޔާޝްގެ "ޓޮކްސިކް" ހިމެނެ އެވެ.
"އާވާރާޕަން 2" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ އެޕްރީލް 3 ގަ އެވެ.