Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

ބަނގުރާ ކަމަށް ބެލެވޭ ފުޅިއަކާ އެކު ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ޕޮލިސް ފޮޓޯ. އައްޑޫއިން ބަނގުރާކަމަށް ބެލެވޭ ފުޅިއަކާއި އެކު ފަސްމީހަކު ވަނީ ހައްޔަރުކޮށްފައި

"އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަންގެ ދަށުން ބަނގުރާކަމަށް ބެލެވޭ ފުޅިއަކާ އެކު ފަސްމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުންގެ މި ހާއްސަ އޮޕަރޭޝަނުގެ ދަށުން ފާއިތުވި ދެ ދުވަހު ވަނީ ގިނަ ބަޔަކު ހައްޔަރުކޮށްފައިއެވެ. އެގޮތުން އިއްޔެ މެންދުރު 11:30 ހާއިރު މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ ފަސް ޕެކެޓާއި އެކު 41 އަހަރުގެ މީހަކަު ވަނީ ހައްޔަރު ކޮށްފައެވެ.
އަދި އިއްޔެ ހަވީރު 16:10 ހާއިރު މަރަދޫ ފޭދޫ ގެއަކުން ވަގަށް ނަގާފައިވާ ސީޕީޔޫ އަކާއި މޮޑަމްއަކާއި އެކު މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ފުލުހުން އައްޑޫގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ބަނގުރާ ކައްކާ ކަމުގެ މައުލޫމާތު ލިބިގެން ގިނަ އަދަދެއްގެ ތަންތަން ވަނީ ފާސްކޮށްފައެވެ.
އެގޮތުން ހިތަދޫ ކޯއްޓޭ ސަރަހައްދާއި އެހެންވެސް ތަންތަން ވަނީ ބަލައި ފާސްކޮށްފަ އެވެ. އަދި ބައެއް ޝައްކު ކުރެވޭ މީހުން މަގުމަތިން މަޑުކޮށް ޗެކް ކޮށްފައެވެ.

ފުލުހުންގެ މި ހާއްސަ އޮޕަރޭޝަން ފެށިފަ ހުން އައްޑޫގެ މަސްރަޙް ފެންނަނީ ވަރަށް އަމާން އޮމާންކޮށެވެ.