Last Updated: August 18, 23:01
Monday, August 18, 2025
ޚަބަރު

އުރީދޫގެ އެމްބެސެޑަރުންނާ އެކު ފުޓްބޯޅަ މެޗެއް

އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުންފުނީގެ ބްރޭންޑް އެމްބެސެޑަރުންނާއެކު ހާއްސަ ފުޓްބޯޅަ މެޗެއް ކުޅެފި އެވެ.

އުރީދޫގެ ޓީމުން އިއްޔެ ރަހުމަތްތެރިކަމުގެ މެޗެއް ކުޅުނީ އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރުން ކަމަށްވާ ހަބޭސް ބޮޑުބެރު ގްރޫޕާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ އެކީގަ އެވެ.

ވިހި ވަނަ އަހަރީ ދުވަހާ ގުޅިގެން އުރީދޫން ހަރަކާތްތަކެއް ހިންގަމުން އަންނަ އިރު، އިއްޔެ ހަވީރު ވަނީ ހުޅުމާލޭގައ ހުންނަ އެ ކުންފުނީގެ ހެޑްކުއާޓަރުގައި ހިލޭ އައިސް ކްރީމް ބުއިމުުގެ ހަރަކާތެއް ވެސް ބާއްވައިފަ އެވެ.

އުރީދޫން ވަނީ 20 ވަނަ އަހަރާ ގުޅިވައި އޮފާތަކެއް ވެސް ފަށައިފަ އެވެ. ގޮތުން އިއްޔެ އިން ފެށިގެން މި މަހުގެ 7، ގެ ނިޔަލަށް ކަސްޓަމަރުންނަށް ވަކި ޑޭޓާ ޕެކްތަކުން 20 ޕަސެންޓާ ހަމައަށް ބޯނަސް ލިބޭއިރު، އެ ބޯނަސް ޑޭޓާ ހަތަރު ހަފުތާއަށް ބޭނުންކުރެވޭނެ އެވެ. އަދި މާދަމާ ކަސްޓަމަރުންނަށް މައި އުރީދޫ އެޕްގައި ވާ "ސްޕިން ދަ ވީލް" ފީޗާގައި ނަސީބު ޓްރައިކޮށް ސަޅި އޮފާތައް އަންލޮކް ކުރެވޭނެ ފުރުސަތު ވެސް ވަނީ ހުޅުވައިލައިފަ އެވެ.

މީގެ އިތުރުން މި މަހުގެ ތެރޭގައި އެމް-ފައިސާ މެދުވެރިކޮށް ފުޑީސް އޯޑަރުތަކަށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ފުޑީޒް އިން ދެން އަންނަ އޯޑަރުން ފަސް ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭ އޮފާއެއް ވެސް ތައާރަފްކޮށްފައިވެ އެވެ.