Last Updated: August 23, 18:46
Saturday, August 23, 2025
ޚަބަރު

ރާއްޖޭގެ ގަހުގެ ބާވަތެއްގެ އޮށް ޖައްވަށް!

ރާއްޖޭގެ ކަނޑޫފާތަކުގައި ހެދޭ ބަރު ގަހުގެ އޮށްތަކެއް ޖައްވަށް ފޮނުވައިފި އެވެ.

މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އެމްއެސްއާރުއޯ) އިން ބުނީ ބަރު ގަހުގެ އޮށް ނެގީ ހދ. ކުޅުދުއްފުއްޓާއި ނ. ކެނދިކުޅުދޫ ކުޅިން ކަމަށެވެ.

ޖައްވަށް ފޮނުވާ އޮށްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭހެން 11 ހައުމެއްގައި ހެދޭ ގަހުގެ އޮށްތައް ހިމެނެ އެވެ. އެ ގައުމުތަކަކީ
އިންޑިއާ، ޕާކިސްތާން، އާޖެންޓީނާ، ބްރެޒިލް، އެމެރިކާ، ކޮސްޓަރިކާ، ގުއަޓަމާލާ، ނައިޖީރިއާ، އަރްމޭނިޔާ އަދި މިސްރެވެ.

އެމްއެސްއާރްއޯ އިން ބުނި ގޮތުގައި އޮށްތައް ޖައްވަށް ފޮނުވައިގެން ކުރިއަށް ގެންދާ މިޝަންގެ ސަބަބުން މިހާރަށް ވުރެ ހަރުދަނާ ދަނޑުތަކާއި ދެމެހެއްޓެނިވި ދަނޑުވެރިކަމާ ބެހޭ ދިރާސާތަކަށް އެހީތެރިކަން ފޯރުކޮދޭނެ ކަމަށެވެ.