އެއާޕޯޓުގައި ދަތުރުކުރާއިރު ގަވާއިދުތަކަށް އަމަލުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފި އެވެ.
އެމްއޭސީއެލުން ބުނީ އެއާޕޯޓުގައި ދަތުރުކުރާއިރު އެ ކުންފުނިން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކަށް އަމަލުކުރުމަށާއި، ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ތަބާވުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެގޮތުން ދަތުރުކުރާއިރު ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ އިތުރަށް ފަސިންޖަރުން ނުނެގުމަށާއި، އެސްޓޭޓް ސެކިއުރިޓީ އޮފިސަރުންގެ އިރުޝާދުތަކަށް ތަބާވުމަށް ވެސް އެމްއޭސީއެލް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެއާޕޯޓުގައި ދަތުރުކުރާ އެންމެހާ ފަރާތްތަކުން މި ގަވާއިދުތަކަށް އަމަލުކުރުމަކީ މުހިއްމު ކަމެއް ކަމަށް އެމްއޭސީއެލުން ބުނެ އެވެ.