މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން 19 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި އެވެ.
މަސްތުވަތާކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ހދ. ނޭކުރެންދޫ، ފްލާވާހައުސް، އައިޝަތު ފައިހާ ތާހާ ކަމަށް ފުލުހުން ބުންޏެވެ.
އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 5 ދުވަސް ޖަހާފައިވެ އެވެ.
ފުލުހުން ބުނީ މި މަހުގެ 31 ގައި ހިންގި އޮަރޭޝަންގައި ފައިހާއާ އެކު އިތުރު 9 މީހަކު ވެސް ހައްޔަރުކުރި ކަމަށެވެ. އޭގެ ތެރެއިން ހަތް މީހަކު ވަނީ ޝަރުތުތަކަކާ އެކު ކޯޓޫން ދޫކޮށްލައިފަ އެވެ. ފައިހާއާ އެކު ބަންދަށް މުއްދަތު ޖެހީ ނ. މަގޫދޫ، ސާމިޔާނާ، އަކްރަމް މުޙައްމަދު، 28، އާއި އައްޑޫ ހުޅުދޫ، ރޯޝަނީމާގެ، އަޙްމަދު ތައިސީރު، 27، އެވެ.
އަކްރަމްގެ ބަންދަށް 5 ދުވަސް ޖަހާފައިވާ އިރު، ތައިސީރުގެ ބަންދަށް ޖެހީ 7 ދުވަހެވެ.
އެ މީހުންގެ އަތުން 66.92 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.