ރާއްޖޭގައި ސްޕޯޓްސް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފި އެވެ.
ސްޕޯޓްސް މިނިސްޓްރީން އިންތިޒާމުކޮށްގެން ހެންވޭރު މީރުމާގައި ބޭއްވި ހަފުލާގައި ކުރީގެ ސްޕޯޓްސް މިނިސްޓަރުންގެ ގޮތުގައި ކުޅިވަރަށް ހިދުމަތްކޮށް ދެއްވި 13 ބޭފުޅެއްގެ މަސައްކަތުގެ އަގުވަޒަންކޮށްފައިވެ އެވެ.
އެ ބޭފުޅުންނަކީ މަރްޙޫމް އުމަރު ޒާހިރާއި ރާޝިދާ ޔޫސުފާއިޑރ. މުހައްމަދު ޒާހިރު ހުސައިނާއި އިބްރާހިމް ހުސައިން މަނިކާއި ހުސައިން ހިލްމީ އާއި މުހައްމަދު ވަޙީދުއްދީނާއި ޑރ. އައިޝަތު ޝިހާމާއި ހަސަން ލަތީފާއި މުހައްމަދު ހުސެއިން ޝަރީފާއި މުޙައްމަދު މަލީހު ޖަމާލާއި އަހުމަދު ޒުހޫރާއި އިރުތިޝާމް އާދަމްގެ އިތުރުން އެންމެ ފަހުން ރާއްޖޭގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަހުމަދު މަހުލޫފެވެ.
ރޭގެ ރަސްމިއްޔާތުގައި މިހާރުގެ ސްޕޯޓްސް މިނިސްޓަރު އަބްދު ރާފިއު ވިދާޅުވީ، ކުރީގެ އެތުލީޓުންނާއި ކުޅިވަރަށް އެކިއެކި ގޮތްގޮތުން، ހިދުމަތް ކޮށްދެއްވި، ފަރާތްތަކުގެ މަސައްކަތްތަކާއި ރާއްޖެ އަށް ކުޅިވަރުގެ ދާއިރާ އިން ލިބިފައިވާ ކާމިޔާބީތައް އަރުޝީފު ކުރެވި ކުރިއަށް އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށް ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.