'ސިޔާސީ އެކްޓިވިސްޓެއް' ކަމަށް ބުނެ މުހައްމަދު ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުން މަޑުޖައްސާލަން އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ މިއަދު ބަލައިގެންފި އެވެ.
އެ މައްސަލަ މިދިޔަ ބުރާސްފަތީގައި ސިވިލް ކޯޓަށް ހުށަހެޅުއްވީ ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން މިދިޔަ މަހުގެ 10 ގައި ހުޅުވައިލުމުން ކުރިމަތިލެއްވި އަދި ޕްރޮސިކިއުޓާ ޖެނެެރަލް އޮފީހުގެ ވަކީލް އަހުމަދު ނައުޝާދެވެ.
ހައި ކޯޓްގެ ފަނޑިޔާރު ކަމަށް ފުވައްމުލައް ދޫޑިގަން، ގޯލްޑަންގޭޓް، ޝަހީދާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައްޔަން ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ، ކުރިމަތިލާން ހުޅުވައިލި 18 ބޭފުޅުންގެ ތެރެއިންނެވެ.
ޝަހީދު ހައި ކޯޓްގެ ފަނޑިޔާރަަށް ޝަހީދު އައްޔަން ކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި ކޯޓަށް ހުށަހޅި މައްސަލަ ބަލައިގަތް އިރުމި، ފަނޑިޔާރުން ހުވާ ކުރުމުގެ ރަސްމިއްޔާތު މިރޭ 8:30 ގައި ސުޕްރީމް ކޯޓްގައޮ ބާއްވަން އޮތީ ތާވަލުކޮށްފަ އެވެ.
ޝަހީދަކީ މިދިޔަ ރިޔާސީ އިންތިހާބު އަދި އޭގެ ފަހުން އޮތް މަޖިލިސް އިންތިހާބުގައި ވެސް މިހާރު ވެރިކަން ކުރާ ޕީއެންސީއަށް ކެމްޕެއިން ކުރެއްވި އަދި އުވާލާފައިވާ ކުރީގެ ޕާޓީ، ޕީޕީއެމްގެ ޕޯޑިއަމްތަކުން ވެސް ފެނިފައިވާ ބޭފުޅެކެވެ. އޭނަ އެންމެ ފަހުން ހުންނެވީ ހޯމްލޭންޑް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގަ އެވެ.