Last Updated: June 9, 17:53
Tuesday, June 9, 2026
ޚަބަރު

މަހުގެ އެކްސްޕޯޓުން 74 މިލިއަން ޑޮލަރު ލިބިއްޖެ

މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހު މަސް އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ އިތުރުވެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މަހުގެ އެކްސްޕޯޓުން އަހަރުގެ ފުރަތަމަ ހަމ މަހު ލިބުނު އާމްފަނީ މިދިޔަ އަހަރާ އަޅާބަލާއިރު 43 ޕަސެންޓް އިތުރެވެ.

މަހުގެ އެކްސްޕޯޓަށް ބަލާއިރު، މި އަހަރުގެ ޖެނުއަރީން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޖުމްލަ 74 މިލިޔަން ޑޮލަރުގެ އާމްދަނީއެއް މަސް އެކްސްޕޯޓްކޮށްގެން ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ލިބުނީ 52 މިލިޔަން ޑޮލަރެވެ.

އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު މަސް އެކްސްޕޯޓް އާމްދަނީ:

• ޖެނުއަރީ: 8.6 މިލިޔަން ޑޮލަރު
• ފެބްރުއަރީ: 13.3 މިލިޔަން ޑޮލަރު
• މާޗް: 12.4 މިލިޔަން ޑޮލަރު
• އެޕްރީލް: 18.2 މިލިޔަން ޑޮލަރު
• މެއި: 11.2 މިލިޔަން ޑޮލަރު
• ޖޫން: 10.8 މިލިޔަން ޑޮލަރު

ރާއްޖެ އިން މައިގަނޑު ގޮތެއްގައި އެސްކްޕޯޓް ކުރަނީ މަހުހެ ބާވަތްތަކެވެ. މަސްވެރިކަމަކީ ރާއްޖޭގެ އިގުތިސާދުގެ ދެވަނަ ސިނާއަތެވެ. މި ސިނަމާ އަށް ފުޅާކުރުމުގެ ގޮތުން ސަރުކާރުން އަންނަނީ މަސްވެރިކަން ސިންދަފާތު ކުރަން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.