Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

ބްލެކްމެއިލްކޮށްގެން ފޭރުނު މީހަކު ހައްޔަރުކޮށްފި

ބްލެކްމެއިލްކޮށްގެން 300،000 އަށް ވުރެ ގިނަ ހޯދި މައްސަލައަކާ ގުޅިގެން އައްޑޫ މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކުރީ ފޭދޫ، ލިލީގަސްދޮށުގެ، މުހައްމަދު ފަވާޒް ލުތުފީ، 32، އެެވެ.

އޭނަގެ މައްޗަށް މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ވެސް ތުހުމަތުކުރެވޭ އިރު، އޮރިޔާންކާޑު ހުރިކަމަށް ބުނެ ދިވެހި ފިރިހެނަަކަށް ބިރުދައްކައި ބްލެކްމެއިލްކޮށް އެ މީހާގެ އަތުން އެކި ދުވަސްމަތިން 300،000 އަށް ވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު 19 ގަ އެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު މައްސަލާގައި ތުހުމަތުކުރެވޭ މުޙައްމަދު ފަވާޒް ހުޅުމާލޭގައި ދިރިއުޅޭ ކަަމަށް ބެލެވޭ އެޕާޓްމަންޓު ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި އިރު ސިމްކާޑުތަކަކާއި މޮބައިލް ފޯނުތަކަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރުޕެކެޓަކާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެތަން ބަލައި ފާސްކޮށް، މއ. ޔެލޯޑައިމަންޑް، އާމިނަތު ފައިނާޒް، 33، ވެސް ހައްޔަރުކޮށް،ފައިވެ އެވެ. އޭނަގެ މައްޗަށް ތުހުމަތު ކުރެވެނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުމެވެ.

މި މައްސަލައާ ގުޅިގެން ފަވާޒާއި ފައިނާޒްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.

ފުލުހުން ބުނީ ބްލެކްމެއިލްކޮށްގެން ފައިސާ ހޯދި މައްސަ ލައާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން ކަމަށެވެ.