Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

ސިވިލް ކޯޓަށް ހާޒިރު ކުރަން ހިތަދޫ މީހަކު ހޯދަނީ

ސިވިލް ކޯޓަށް ހާޒިރު ކުރަން އައްޑޫ ހިތަދޫ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ހޯދަނީ އެ އަވަށު އޭކް ޕޫލް، ޔާމީން ނަސީމު، 38، އެވެެ.

ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކުރީ ސިވިލް ކޯޓަށް ހުށަހަޅާފައވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މި މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 09:45 އަށް އެ ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.

އެހެންވެ ޔާމީނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެެ.