Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ރެސްޓޯރަންޓެއްގައި އަލިފާނުގެ ހާދިސާއެއް

ރަސްފަންނުގައި ހުންނަ ލެމަންގްރާސްގެ "ޕޮމެލޯ" ރެސްޓޯރަންޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބުނީ މެންދުރު 12:14 އެހާކަށްހާ އިރު ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސަރވިސްގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ވަނ ނިއްވާލައިފަ އެވެ.

"ޕެމޮލޯ" ރެސްޓޯރެންޓަކީ މިހާރު މަރާމާތުކުރުމުގެ މަސައްކަތްތަކެއް ކުރަމުން އަންނަ ތަނެކެވެ. އެތަނުގައު ރޯވި ހާދިސާގައި
އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.