Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

އާރްޑީސީގެ ޑީއެމްޑީ ވެސް އެޗްޑީސީ އަށް ބަދަލުކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި މުޙައްމަދު އަސްބާހު އަލީ ނަސީރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑީއެމްޑީގެ މަގާމަށް މިއަދު ބަދަލުކޮށްފިއެވެ.

އެޗްޑީސީގެ ޑީއެމްޑީއަކަށް އަސްބާހު އައްޔަންކުރު އިރު، ކުރިން އެ މަގާމުގައި ހުންނެވި ފަޔާޒް މަންސޫރު މިދިޔަ މަހުގެ 31 ގައި އިސްތިއުފާ ދެެއްވައިފަވެ. އޭނަ އިސްތިއުފާ ދެއްވީ އެމްޑީގެ މަގާމުގައި ހުންނެވި މައުރޫފު ޖަމީލުގެ އޭގެ އެއް ދުވަސް ކުރިން އިސްތިއުފާ ދެއްވާފައި ވަނިކޮށެވެ.

މައުރޫފް އިސްތިއުފާ ދެއްވުމުން އެޗްޑީސީގެ އެމްޑީއަކަށް އައްޔަންކޮށްފައި ވަނީ އާރްޑީސީގެ އެމްޑީއަކަށް ހުންނެވި އަލީ ޒުހައިރެވެ.

އެޗްޑީސީގެ ޑީއެމްޑީއަކަށް މިއަދު ބަދަލުކުރި އަސްބާހު އާރްޑީސީއަށް އައްޔަނުކުރީ ޑިސެންބަރު 19، 2023 ގައެވެ.