އަހަރުގެ މިހާތަނަށް އާސަންދަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންްސް މިނިސްޓްރީން ނެރޭ ހިސާބުތަކުން ދައްކާ ގޮތުން އާސަންދައަށް ވަނީ 1.1 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. މި އަހަރުގެ ބަޖެޓުގައި އާސަންދައަށް ހިމަނާފައި ވަނީ 1.8 ބިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދައަށް 1.0 ބިލިއަން ރުފިޔާ ހަރަދު ކުރި އެވެ. އަދި އަހަރު ނިމުނު އިރު 2.4 ބިލިއަން ރުފިޔާ އާސަންދަ ބަޖެޓަށް ހޭދަކޮށްފައިވެ އެވެ.
ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކުވެސް އާސަންދައަށް ބޮޑު ހަރަދެއް ކުރާއިރު ސަރުކާރުން މިހާރު ވަނީ ބޭހުގެ ބަލްކް ޕްރޮކިއުމަންޓް ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރަން ފަށާފަ އެވެ.
ބޭހުގެ ބަލްކް ޕްރޮކިއުމަންޓް ސިޔާސަތާއެކު އަސާސީ ހުރިހާ ބޭސް ރާއްޖެއިން ލިބުން ކަށަވަރު ކުރުމަކީ މި ސިޔާސަތުގެ އެންމެ މުހިންމު ބައެވެ.