އުރީދޫ ކަސްޓަމަރުންނަށް ހާއްސަ ހޯމް އެސެޓް އިންޝުއަރަންސް ޕެކޭޖެއް ތައާރަފުކޮށްފި އެވެ.
އުރީދޫން މި އޮފާ ކުރިއަށްގެންދަނީ އަމާނާ ތަަކަފުލްއާ ގުޅިގެން މިމަހު ނަގާ ކޮންމެ ސުޕާނެޓަކަށް ހިލޭ އެސެޓް އިންޝުއަރަންސް ލިބޭގޮތަށެވެ.
އުރީދޫން ބުނީ އުރީދޫ މޯލްޑިވްސް އާއި އަމާނާ ތަކާފުލް އިންޝުއަރެންސް ގުޅިގެން އުރީދޫ ކަސްޓަމަރުންނަށް ހާއްސަ ހޯމް އެސެޓް އިންޝުއަރަންސް ޕެކޭޖެއް ކުރިއަށްގެންދަނީ އެއްވެސް އަގަކާ ނުލައި ކަމަށެވެ. އަދި އެ އެކްސްކްލޫސިވް ބަންޑަލް މެދުވެރިކޮށް ކަސްޓަމަރުންގެ ގޭގައި ހުންނަ ތަކެތި ސުޕަނެޓް އިންސްޓޯލްކުރާ ތަނެއްގައި އިންޝުއާ ކުރެވިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.
ހޯމް އެސެޓް އިންޝުއަރަންސް އިން ކަވަރޭޖު ފޯރުކޮށްދޭ ހިދުމަތްތައް:
ފަރުނީޗަރާއި ފިޓިންގްސް
އިލެކްޓްރޯނިކް ސާމާނު
ފޭރާމާއި އަމިއްލަ ސާމާނު
ކުޅިވަރު ސާމާނު
ޕެޓްސްއާ ގުޅުންހުރި ތަކެތި
އުރީދޫން ބުނީ އޮގަސްޓް މަހު އަލަށް ސުޕަނެޓު ނަގާ ފަރާތްތަކުން ސުޕަނެޓު އެކްޓިވޭޓް ކުރުމުން މި އޮފާ ނެގުމަށް ޝަރުތު ހަމަވާނެ ކަމަށާއި ސުޕަނެޓު އެކްޓިވޭޓް ކުރުމަށް ފަހު ކަސްޓަމަރުންނަށް މި ހިދުމަތަށް އެދެވޭނެ ކަމަށެވެ.
އުރީދޫ މޯލްޑިވްސްގެ އަމާޒަކީ، ހަމައެކަނި ހަލުވި ސްޕީޑްގެ އިންޓަނެޓް ފޯރުކޮށްދިނުން ނޫން ކަމަށާއި ކަސްޓަމަރުންނަށް މާނަހުރި އަދި އަމަލީ ހައްލުތަކެއް ފޯރުކޮށްދީ، ދިރިއުޅުން ކުރިއެރުވުމަށް މަސައްކަތްކުރުމަކީ ވެސް އަމާޒެއް ކަމަށް އެ ކުންފުނިން ބުންޏެވެ.