Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ހައި ކޯޓްގެ ފަނޑިޔާރު ކަމަށް ޖަމީލު އައްޔަންކޮށްފި

ހައި ކޯޓްގެ ފަނޑިޔާރު ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ ހުވާ ކުރައްވައިފި އެވެ.

އޭނަ ހުވާކުރެއްވީ ރޭ ސުޕްރީމް ކޯޓްގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގަ އެވެ. ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ލިޔުން ޖަމީލްއާ ހަވާލުކޮށް ދެއްވީ ޖުޑިޝަލް ސާވިސް ކޮމިޝަން ޖޭއެސްސީ) ގެ ރައީސް ހުސައިން ރިޒާ އާދަމެވެ.

ޖަމީލަކީ 2003-2009 އާ ހަމައަށް މެޖިސްޓްރޭޓްކަން ކުރެއްވި ބޭފުޅެކެވެ އަދި 2009-2019 އާ ހަމައަށް ސިވިލް ކޯޓުގެ ގާޒީކަން ކުރެއްވިއެވެ.

ސިވިލް ކޯޓްގެ ގާޒީކަމުން ވަކިވެވަޑައިގަތުމަށް ފަހު އޭނަ މަސައްކަތް ކުރެއްވީ ގާނޫނީ ވަކީލެއްގެ ގޮތުގަ އެވެ.

ޖަމީލަކީ އިސްލާމިިކް ޔުނިވަސިޓީން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތު އޮނަސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ހައި ކޯޓްގެ ބެންޗުން ދެ ފަނޑިޔާރުންގެ މަގާމު ހުސްވުމާ ގުޅިގެން ފަނޑިޔާރު ކަމަށް ކުރިމަތިލާން ޖޭއެސްސީން މިދިޔަ މަހުގެ 10 ގައި ހުޅުވައިލުމުން 18 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އަދި ފަނޑިޔާރު ކަމަށް އައްޔަން ކުރަން ޖޭއެސްސީން ނިންމީ ޖަމީލާއި މުހައްމަދު ޝަހީދެވެ.

ނަމަވެސް ޝަހީދަކީ އެ މަގާމަށް ޝަރުތު ހަމަނުވާ ސިޔާސީ އެކްޓިވިސްޓެއް ކަމަށް ބުނެ އޭނަ ފަނޑިޔާރުކަމަށް އައްޔަން ކުރުން ހުއްޓުވައި ދިނުމުގެ އަމުރަކަށް ސިވިލް ކޯޓަށް ހުށަހެޅުމާއި އޭނަ ފަނޑިޔާރު ކަމަށް އައްޔަންކުރާތީ އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން އިއްޔެ ނަން ނަގަން އިއްޔެ ޖޭއެސްސީ އަށް ހުށަހެޅި އެވެ.