Last Updated: August 20, 15:54
Wednesday, August 20, 2025
ޚަބަރު

އޯޝަން ވޮޝް؛ ކާރު ދޮވެދޭން ޒަމާނީ ހިދުމަތެއް

އޮޓޮމެޓިކް ސިސްޓަމެއްގައި ކާރު ދޮވެ، ސާވިސްކޮށް ދިނުމުގެ ހިދުމަތެއް 'އޯޝަން ވޮޝް' ގެ ނަމުގައި އައްޑޫގައި ދޭން ފަށަައިފި އެވެ.

ހިތަދޫގައި އަމިއްލަ ފަރާތަތުން ދޭން ފެށި މި ހިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ އައްޑޫ މޭޔަރު އަލީ ނިޒާރެވެ.

'އޯޝަން ވޮޝް' ގެ ހިދުމަތާ ބެހޭ ގޮތުން ކައުންސިލުން ބުނީ އައްޑޫގައި އަލަށް މިފަދަ ހިދުމަތަކެއް ތައާރަފުވުމަކީ ސިޓީ އަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.

'އޯޝަން ވޮޝް' އިން ހިދުމަތް ދޭނެ އަގުތަކާއި ގަޑިތައް ވެސް މިހާރު އާންމުކޮށްފައިވާ އިރު، ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ހޮޓްލައިނެއް ވެސް ހާއްސަކޮށްފައިވެ އެވެ. އެއީ 7866969 އެވެ.

'އޯޝަން ވޮޝް' ގެ ހިދުމަތްތަކުގެ އަގުތަކަށް ބަލާ އިރު ވެހިކަލް ދޮވުމުގެ ހިދުމަތް ދެ ޕެކޭޖެއްގެ ދަށުން ދޭނެ އެވެ. އެގޮތުން އެކްސްޕްރެސް ވޮޝްގެ އަގަކީ 225ރ. އެވެ. ޕްރީމިއަމް ވޮޝްގެ އަގަކީ 275ރ. އެވެ. މީގެ އިތުރުން ވެހިކަލްތަކުގެ އެތެރެ ސާފުކުރަން ތިން ޕެކޭޖެއް ހާއްސަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 100ރ. ސްޓޭންޑާޑް ވެކިއުމް އާއި 150ރ. ގެ ސްޓީމް ވެކިއުމްގެ އިތުރުން 250ރ. ގެ ޑީޕް ސްޓީމް ވެކިއުމް އެވެ.

އޯޝަން ވޮޝްގެ ހިދުމަތް ދޭނީ ހެނދުނު 9:00-12:00 އަށް، މެންދުރު ފަހު 2:00-5:00 އަށް އަދި ރޭގަނޑު 8:00-10:00 އަށެވެ.