އުއްތަމަފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ޢައްޔަން ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދީން ލަފަޔާ ގުޅިގެން އެ ނަން މަޖިލީހަށް މިއަދު ރައީސް ޑރ. މުހައްމަދު ފޮނުއްވުމާ ގުޅިގެން ޢަނީގެ ނަން ދިރާސާ ކުރަން ޖުޑިޝަރީ ކޮމިޓީ އަސް ފޮނުވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލުމުން ތިން ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެއީ ޢަނީގެ އިތުރުން ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާޢު އުޘްމާނާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ ޢަބްދުﷲ މުހައްމަދެވެ.
އުއްތަމަފަނޑިޔާރުގެ މަޤާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި އަޙްމަދު މުޢުތަސިމް އަދުނާން މިދިޔަ މަހު ރިޓަޔަކުރެއްވުމާ ގުޅިގެންނެވެ.