Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

ރައީސް ފޮނުއްވި ލިސްޓްގެ ކުރީގައި ސައުދުގެ ދަރިކަލުން

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުންތަކެއް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަން ލިސްޓްގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީގެ ދަރިކަލުން މުހައްމަދު އިމްތިނާން ސައުދުالله އަށް އިސްކަން ދެއްވައިފި އެވެ.

މީރާގެ ބޯޑަށް ކުރިމަތިލާން ހުޅުވައިލުމުން ސުންގަޑި ހަމަވި އިރު، 14 ބޭފުޅަކު ކުރިމަތިލެއްވި އެވެ.

މަޖިލީހުގެ މިއަދު ޖަލްސާ އަށް ރައީސް ފޮނުވި ލިސްޓްގައި މީރާގެ ބޯޑުގައި މިހާރު ތިއްބެވި ދެ މެންބަރަކު ވެސް ހިމެނެ އެވެ. ނަމަވެސް ލިސްޓްގެ އެންމެ ކުުރީގައި ހިމަނާފައި އޮތީ ސައުދުގެ ދަރިކަލުން އިމްތިނާންގެ ނަމެވެ. އޭނަ ކުރިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރިސާޗް އެސިސްޓަންޓްގެ މަގާމު ވެސް ފުރުއްވާފައިވެ އެވެ.

ރައީސް ތަރުހީބު ކުރައްވައި ފޮނުއްވި ލިސްޓް:

1. މުހައްމަދު އިމްތިނާން ސައުދުالله، ފަތިސް، ގދ. ތިނަދޫ
2. އިސްމާއީލް ހަމްދޫން، ހ. ސިތާރާވާދީ
3. އައިޝަތު ޝަޒްރާ، ނިވައިދޮށުގެ، ގދ. ގައްދޫ
4. އިދުހާމް ހުސައިން، މ. ޖަވާހިރުވާދީ
5. އުމަރު އަހްމަދު ހުސައިން، މ. ސުހުރާ
6. މުހައްމަދު އަހްމަދު، ދަފްތަރު ރސ. 5204
7. މުމްތާޒް އަބްދުއްރަޝީދު، މުރިނގު، ހދ. ހަނިމާދޫ
8. މަރިޔަމް ޖުވައިރިއްޔާ، އުއިގަސްދޮށުގެ، އައްޑޫ މީދޫ
9. އަހްމަދު މައުސޫމް، ވ. މިޔަރެސް
10. އަހްމަދު ނަޒީހު މުހައްމަދު، ތެމާ، ޅ. ހިންނަވަރު
11. ހުޝާމް ވަހީދު ގ. މާލޭހިޔާ 2 15-3
12. މަރިޔަމް ޝައްފައު ޝަރީފް، ޒިންދަގީ، ގދ. ތިނަދޫ
13. އަބްދުالله މިފްރާޒް ނިޒާރު، ގ. އޮއްޓަރު
14. އަހްމަދު އަލީ، ހުޅުމާލެ 1-ޖީ 108

ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ބޯޑަށް ކުރިމަތިލާން ހުޅުވައިލީ ހަތަރު މެންބަރެއްގެ ދައުރު މި މަހުގެ 31 އަށް ހަމައަށްވާތީ އެވެ. ކުރިމަތިލާން ހުޅުވައިލީ ޖޫން މަހުގެ 19 ގަ އެވެ. އަދި ސުންގަޑި ހަމަވީ މިދިޔަ މަހުގެ 4 އަށެވެ.