Last Updated: June 9, 17:53
Tuesday, June 9, 2026
ދުނިޔެ

ކުއްޖަކު ފޮއްޓަކަށް ލައިގެން އުޅުނު މީހަކު ހައްޔަރަށް

ކުޑަކުއްޖަކު ފޮއްޓަކަށް ލައިގެން ދަތުރުކުރި އަންހެނަކު ނިއު ޒީލެންޑުން ހައްޔަރުކޮށްފި އެވެ.

މީޑިއާތަކުން ބުނީ އެ ގައުމުގެ އުތުރުގެ އަވަށެއް ކަމަށްވާ ކެއިވާކާގައި އިއްޔެ ހިނގި މި ހާދިސާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 27 އަހަރުގެ އަންހެނެއް ކަމަށެވެ. އޭނަ ބަހަކުން ދަތުރުކުރި އިރު ގެންގުޅުނު ފޮށީގެ ތެރެެއަށް ކުއްޖަކު ލައިގެން އުޅުނުކަން އެނގުނީ އެ ފޮށި، ބަހުގެ ލަގެޖް ކޮމްޕާޓްމަންޓަށް ގެންގޮސް ދޭން ޑްރައިވަރުގެ ގާތުގައި އެދުމުން، އޭނަ ފޮށި ކައިރި އަށް ދިޔަ އިރު ފޮށި ހަރަކާތް ކުރާހެން ހީވެހެން ހުޅުވައި ބެލި އިރު، އޭގެ ތެރޭގައި އޮތީ ދެ އަހަރުގެ އަންހެން ކުއްޖެކެވެ.

އޭރު ކުއްޖާ އޮތީ ހާސްވެ، ދާހިތްލައި ފޯވެފަ އެވެ.

އެ މައްސަލަ ވަގުތުން ފުލުހުންނަށް ޑްރައިވަރު ރިޕޯޓް ކުރިުމާ ގުޅިގެން އަންހެން މީހާ ހައްޔަރުކޮށް ކުއްޖާ ވަނީ ފަރުވާ އަށް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

މިކަމާ ގުޅިގެން ފުލުހުން ނެތުނު ބަޔާނެއްގައި ބުނީ ކުއްޖާ އަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު، ޖިސްމާނީ ގޮތުން ގެއްލުންތަކެއް ވެފައި ނެތް ނަމަވެސް ކުއްޖާގެ ހާލަތު ދެނެގުމަށް އެސެސްމަންޓް ހަދަމުން އަންނަ ކަމަށެވެ.

އެ ކުއްޖާ އާއި އަންހެން މީހާ އޮތް ގުޅުމެއް ސާފެއް ނުވެ އެވެ. އަދި އެކަމާ ބެހޭ އިތުރު މައުލޫމާތެއް ވެސް ފުލުހުން ނުދެ އެވެ

އަންހެން މީހާގެ މައްޗަށް މިހާރު ވަނީ ކުއްޖަކަށް އިހާނެތިކޮށް ހިތައި، އިހުމާލުވުމުގެ ދައުވާ އުފުލައިފަ އެވެ.