Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ދަނޑުވެރި ނަފާ ލޯނު 45 ދަނޑުވެރިއަކަށް ދޫކޮށްފި

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާ ގުޅިގެން ދޫކުރާ ދަނޑުވެރި ނަފާ ލޯނު މިހާތަނަށް 45 ފަރާތަކަށް ވަނީ ދޫކޮށްފި އެވެ.

އެގްރިކަލްޗަ މިނިސްޓްރީން މި ލޯނު ދޫކުރަނީ ދަނދުވެރިންގެ ޕޯޓަލްގައި ރަޖިސްޓްރީވެފައިވާ ދަނޑުވެރިންނަށެވެ. އޭގައި 6،699 ފަނޑުވެރިން ރަޖިސްޓްރީވެފައިވެ އެވެ.

މި ލޯނު ސްކީމްގެ ދަށުން 100،000ރ. އާ ހަމައަށް ނެގޭ ލޯނު ގެ އިތުރުން 2،000،000 މިލިއަނާ ހަމައަށް ނެގޭ ލޯނު ވެސް ދޫކުރެ އެވެ. އަދި އެންމެ ގިނަ ދަނޑުވެރިން ނަގާފައި ވަނީ 2 މިލިއަންގެ ލޯނު ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ލޯނު ނެގި ދަނޑުވެރިންގެ ތެރެއިން މިހާތަނަށް އެންމެ ގިނަ މީހުން ލޯނު ނަގާފައި ވަނީ ޒަމާނީ ދަނޑުވެރިކަން ކުރުމަށް ކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

އެގޮތުން ވާޓިކަލް ފާމިން އާއި ގުރީން ހައުސް ފާމިން އަށް ނެގި ލޯނުތައް ގިނަ ވެ.

އެސްޑިއެފްސީ އިން ބުނީ ޕޯލްޓްރީ ފާމިން ނުވަތަ ކުކުޅު ފާމިން ފަދަ ކަންކަމަށް ސަމާލުކަން ދޭ މިންވަރު ކުޑަކަމަށެވެ.

ދަނޑުވެރި ނަފާ ލޯނު ދޫރަނީ 6 ޕަސެންޓްގެ އިންޓަރެސްޓަކާ އެކީގަ އެވެ. އެއްލައްކަ ރުފިޔާއ ހަމައަށް ނެގޭ ލޯނު ދެއްކުމަށް ކަނޑައަޅާފައި ވަނީ ތިން އަހަރެވެ. އަދި 2 މިލިއަނާ ހަމައަށް ދޫކުރާ ލޯނު ދެއްކުމަށް ދެނީ ގިނަވެގެން 7 އަހަރެވެ.