ކޮންމެ އަހަރަކު ބޯންމެރޯ ޓްރާންސްޕްލާންޓް ހޯދަން ރާއްޖެ އަށް ބޭރަށް 10 ކުދިން ފޮނުވަން ފަށާފައި އޮތް ޕްރޮގްރާމްގެ ދަށުން މި އަހަރު ފޮނުވާ ކުދިންގެ ތެރެއިން ބާކީ ތިބި 7 ކުދިން މި މަހު ފުރާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓަރު އަބްދުﷲ ނާޒިމް ވަނީ އެ ކުދިންނާ ބައްދަލު ވެސް ކުރައްވައިފަ އެވެ.
މި އަހަރު ބޯންމެރޯޓްރާންސްޕްލާންޜް ހަދަން ފޮނުވަން ނިންމި 10 ކުދިންގެ ތެރެއިން ކުއްޖަކު ފޮނުވީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ.
ހެލްތު މިނިސްޓްރީން ބުނީ މި މަހު ފޮނުވާ ހަތް ކުދިންގެ ތެރެއިން އެގޮތުން ތިން ކުދިން މިއަދު ފުރާނެ ކަމަށެވެ. އަދި މާދަމާ އެއް ކުއްޖަކު ފުރަން ހަމަޖެހިފައިވާ މި މަހުގެ 8 އާއި 9 އަދި 12 ގައި ދެން ތިބި ކުދިން ފުރާނެ އެވެ.
ތެލަސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަނީ ޒަކާތު ފަންޑްގެ އެހީގަ އެވެ.