މިދިޔަ މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ވައްކަމުގެ މައްސަލަތައް ކަމަށް ތަފާސްހިސާބުތަކުން ދައްކާލައިފި އެވެ.
މިދިޔަ މަހު ހުށަހެޅި މައްސަލަތަކަށް ބަލާ އިރު ވައްކަމުގެ 277 މައްސަލައެއް ހުށަހަޅާފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނަ އެކްސިޑެންޓްތަކެވެ. އަދި އެފަދަ 178 މައްސަލައެއް ރިޕޯޓްކޮށްފައިވާ އިރު، މަސްތުވާތަކެއްޗާ ގުޅޭ 163 މައްސަލައެއް ހުށަހަޅާފައިވެ އެވެ.
މިދިޔަ މަހު ދެން ގިނައިން ހުށަހެޅުނު މައްސަލަތައް:
* އެއްޗެހި ގެއްލިގެން 69 މައްސަލަ
* އަނިޔާގެ 42 މައްސަލަ
* މުދަލަށް ގެއްލުން ދިނުމުގެ 37 މައްސަލަ
* ގެވެށިއަނިޔާގެ 28 މައްސަލަ
* ޚިޔާނަތުގެ 21 މައްސަލަ
* ޖިންސީ ގޯނާ ކުރުމުގެ 14 މައްސަލަ
* ފޭރުމުގެ 9 މައްސަލަ
* ފޯޖް ކުރުމުގެ 9 މައްސަލަ
* ޗެކް ބައުންސްގެ 2 މައްސަލަ
ފުލުހުން އަންނަނީ ކުށްތައް މަދު ކުރަން މުޅި ރާއްޖޭގައި މަސައްކަތް ކުރަމުންނެވެ. ވަކިން ހާއްސަކޮށް އާބާދީ ބޮޑެތި ސަރަހައްދުތަކުގައި ފުލުހުން ދައުރު އަންނަނީ އިތުރު ކުރަމުންނެވެ.