Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

އެވްސެކޮމްގެ މުވައްޒަފުންތަކެއްގެ އަގުވަޒަންކޮށްފި

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އެވްސެކޮމް) ގައި 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް ހަނދާނީފިލާ ދީފި އެވެ.

އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، އެވްސެކޮމްގައި 32 އަހަރަށް ވުރެ ގިނަ މުއްދަތަކަށް ޚިދުމަތްކުރައްވައި ރިޓަޔަކުރެއްވި މުޙައްމަދު އިލްޙާމްގެ ޚިދުމަތުގެ އަގުވަޒަންކުރައްވައި ޚާއްޞަ ފިލައެއް ވެސް އަރުވާފައިވެ އެވެ.

އަދި 30 އަހަރަށް ވުރެ ގިނަ މުއްދަތެއްގައި އެވްސެކޮމްއަށް ޚިދުމަތްކުރައްވާފައިވާ 25 ބޭފުޅަކަށް ވެސް ރަސްމިއްޔާތުގައި ހަނދާނީފިލާ އަރުވާފައިވެ އެވެ.

ގިނަ މުއްދަތުގެ ޚިދުމަތުގެ ފިލާ އެ ބޭފުޅުންނަށް ހަވާލުކޮށް ދެއްވީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޢާޒް ޙަލީމާއި ސްޓޭޓް މިނިސްޓަރު ޢާއިޝަތު ޞަފޫރާގެ އިތުރުން ޑެޕިއުޓީ މިނިސްޓަރު ފާޠިމަތު މިޒްނާ ޢަލީ އެވެ.