ނަމާދަކީ އިސްލާމް ދީން އެމައްޗަށް ޤާއިމްވެފައިވާ ފަސް ރުކުނުގެ ތެރެއިން އެންމެ މުހިއްމު އެއް ރުކުނެވެ. ޝަހާދަތުގެ ދެކަލިމައަށް ފަހު އެންމެ އިސްވެގެންވާ އަޅުކަމަކީ ނަމާދެވެ.
ނަމާދު އަޅާ މީހާ އަކީ އޭނާގެ ދީންވެރިކަން ދޫކޮށް ޢާފިލުވެ ޝައިޠާނާއަށް ހެއްލިފައިވާ މީހެކެވެ.
ނަމާދަށް ފަރުވާކުޑަކުރާ މީހާ އެވަނީ އޭނާ ދުނިޔޭގައި ލެއްވި މަޤްޞަދު ހަނދާން ނައްތާލައިފައެވެ. އަދި މާތް ﷲ އޭނަ އަށް ދެއްވި މަތިވެރި ނިޢުމަތްތަކަށް ކާފަރުވެފަ އެވެ.
ނަމާދަކީ މީހާގެ ހަށީގައި ހޭ ހުރިހާ ހިނދަކު ދޫކޮށްލުން ހުއްދަވެގެންވާ އަޅުކަމެއް ނޫނެވެ. އަދި ކިއެއްތަ ޤަޞްދުގައި ނަމާދު އެޅުމަކީ ކުފުރުގެ ޢަމަލެކެވެ.
ނަމާދު އެޅުމަކީ ދީނުން ބޭރުވެގެން ހިނގައިދާނެ ނުރައްކާތެރި ޢަމަލެކެވެ. ނަމާދަކީ ކާފަރުކަމާއި އީމާންކަމާއި ދެމެދުގައިވާ އިންފާރެވެ. ނަމާދަށް ފަރުވާ ކުޑަކުރުމަކީ މުނާފިޤުކަމެވެ.
ނަމާދުތަކަށް ރައްކާތެރި ނުވާމީހާއަށް ޤިޔާމަތްދުވަހު ސަލާމަތްވާނެ މަގެއް ނެތެވެ. އެފަދަ މީހަކަށް ޙުއްޖަތެއް ބުރުހާނެއް ނަޖާހަތެއް އަދި އަލިކަމެއް ނުވެއެވެ. ކީރިތި ރަސޫލާ (ޞ) އަލައިހި ވަސައްލަމް ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”ނަމާދު އަޅާމީހުން މަޙްޝަރު ކުރެވޭނީ ފިރުޢައުނާއި ޤާރޫނާއި ހާމާނާއި އުބައްޔު ބުނު ޚަލަފް އާއި އެކުގައެވެ.”
ނަމާދުއަޅާ މީހުން ޤިޔާމަތް ދުވަހު އެންމެހާ މީސްތަކުންގެ ކުރިމަތީގައި ފަޞީހަތް ކުރެވޭނެއެވެ. މުއުމިނުނު އަޅުތަކުން ސަޖިދައަށް ތިރިވާހިނދު އެބައިމީހުންގެ ބުރިކަށިތައް އެދުވަހުން ނުލެބޭނެތެވެ. އެއީ ދުނިޔޭގައި އެސަޖިދަކުރުމަށް ނަމާދަށް ގޮވާލެވުނު ހިނދު އެބައިމީހުން ފުރަގަސް ދިންކަމަށްޓަކަ އެވެ.
ނަމާދުގައި ނާކާމިޔާބުވެއްޖެ މީހަކީ ީއަބާއްޖަވެރިއެއް ކަމުގައި ވެދެއެވެ.
ލޮބުވެތި މުސްލިމް އަޚާ އެވެ. ތިބާއަށް ފަސްވަގުތު މާތް ﷲ ޙަޟްރަތުން ގޮވާލެވޭ ގޮވާލުމަށް ފުރަގަސް ދިނުމުގެ ބަދަލުގައި އެ ގޮވާލެވޭ ގޮވާލުމަށް ފުރަގަސްދިނުމުގެ ބަދަލުގައި އެ ގޮވާލުމަށް އިޖާބަ ދޭށެވެ! ކުރިން އެޅިފައިވާ ނަމާދުތަކުގެ ފާފައިން ތައުބާވުމަށް އަވަސްވެގަންނާށެވެ! އަދި ފަސްވަގުތު ނަމާދުކުރުމުގައި މަރުވުމަށް ދާންދެން ދެމިހުރުމަށް ޢަޒުމުކަނޑައަޅައި، ހިތްވަރާއެކު ޙަޔާތުގެ މިސްރާބު ސީދާވެގެންވާ މަގަށް އަނބުރާށެވެ!
މަސްދަރު: މިއީ އައްޝައިޚް އަހުމަދު ސަމީރު އިބްރާހީމްގެ ލިޔުވުއްމެކެވެ.