"ސީޑްސް ފޯ ދަ ފިއުޗަރ 2025" ޕްރޮގްރާމަށް ރާއްޖެއިން 4 ދަރިވަރަކު ހޮވައިފި އެވެ.
ޗައިނާގެ މަޝްހޫރު ޓެކް ކުންފުނި، ވާވޭ އިން ތަމްރީނު ހާޞިލުކުރުމަށް ހުޅުވާލި ޕްރޮގްރާމް އިފްތިތާޙްކުރުމުގެ ގޮތުން ބޭއްވި ހަފުލާ އިއްޔެ ޝަރަފުވެރިކޮށް ދެއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢަލީ ހައިދަރެވެ.
"ސީޑްސް ފޯ ދަ ފިއުޗާ" އަށް ހޮވުނު ދަރިވަރުން:
1. ޒަޔާން އަބްދުﷲ ނާޒިލް، ވިލާ ކޮލެޖް
2. ޔޫސުފް އަޔާން މުސްތާގް، ވިލާ ކޮލެޖް
3. އިޔާން އަޒީޒް، އެމްއެންޔޫ
4. އަފާ އިސްމާޢިލް، ޒިކުރާ އިންޓރނޭޝަނަލް ކޮލެޖް
The Huawei Seeds for the Future 2025 program was officially launched today during a special ceremony, where this year’s awardees were announced and presented with their awards.
The event was graced by Hon. Minister Dr. Ali Haidar Ahmed, H.E. Mr. Kong Xianhua, Ambassador of China… pic.twitter.com/0ZEiGLmaXO
— Min. of Higher Edu, Labour and Skills Development (@MoHEmv) August 4, 2025
"ސީޑްސް ފޯ ދަ ފިއުޗާ" ފްރޮގްރާމަކީ ވާވޭގެ ފަރާތުން އިންފޮމޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ދާއިރާ އިން ތަމްރީނު ފޯރުކޮށް ދިނުމަށްޓަކައި ދުނިޔޭގެ އެކި ގައުމުތަކަށް ބައިވެރިވުމަށް ހުޅުވާލާފައިވާ ޕްރޮގްރާމެކެވެ.