މި މަހުގެ ފަހިކޮޅު ބާއްވަން ހަމަޖެހިފައިވާ 63 ވަނަ ގައުމީ ޓީޓީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަނުން މި މުބާރާތް އޮންނާނީ މި މަހުގެ 25-29 އަށް ކަމަށެވެ.
އެހެން އަހަރުތަކާ އެއްގޮތަށް މި އަހަރުގެ މުބާރާތް ވެސް ބާއްވަން ހަމަޖެހިފައިި ވަނީ ދެ ޑިވިޝަނަށެވެ.
* 13 އަހަރުން ދަށް (ސިންގަލްސް)
* 15 އަހަރުން ދަށް (ސިންގަލްސް އަދި ޑަބަލްސް)
* 17 އަހަރުން ދަށް (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
* 19 އަހަރުން ދަށް (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
1 ވަނަ ޑިވިޝަން (ސިންގަލްސް، ޑަބަލްސް، މިކްސް ޑަބަލްސް އަދި ޓީމް އިވެންޓް)
2 ވަނަ ޑިވިޝަން (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް އަދި ޓީމް އިވެންޓް)
ވެޓަރަންސް (ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް)
މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެންޓްރީ ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 18 އާ ހަމަށެވެ. މުބާރާތާ ބެހޭ އިތުރު މައުލޫމާތު 7778722 އަދި 7779140 އިން ހޯދޭނެ އެވެ.