Last Updated: July 26, 06:13
Sunday, July 26, 2026
މުނިފޫހިފިލުވުން

ރާއްޖެ އާއި ބަންގާޅުގެ ގުޅުމަށް ލަވައެއް

ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ މި އަހަރަށް 60 އަހަރު ފުރިފައިވާތީ އެކަމަށް ހާއްސަ ވީޑިއޯ ލަވައެއް އާންމުކޮށްފި އެވެ.

ރާއްޖޭގެ ފިރިހެން ފަންނާނަކާއި ބަންގްލަދޭޝްގެ އަންހެން ފަންނާނަކު ކިޔާފައިވާ އަދި އެ ދެ މީހުން ފެނިގެންދާ ލަވަ ގެނެސްދީފައި ވަނީ ދެ ގައުމުގެ ބަހުންނެވެ. ހުސައިިން ތައުފީގުގެ މިއުޒިކަށް، މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ) އާއި އެސްއާރްއެފް ޚާން ޝުބްރޯގެ ޅެމަށް، ލަވަ ކިޔާފައި ވަނީ މުހައްމަދު މައިސާން (ބޮކިޓޯސް) އާއި މެހްރީނެވެ.

ރާއްޖޭގެ މަންޒަރުތަކެއް ފެންނަ ލަވަ ކެމެރާކޮށްފައި ވަނީ މުހައްމަދު ޝިވާޒް މާސްކޭ އާއި ވިޝާލް ޒަކީ އެވެ.

ރާއްޖެ އާއި ބަންގްލަދޭޝްގެ ޒަމާންވީ ގުޅުމަށް ހާއްސަކޮށްގެން ލަވަ ގެނެސްދެނީ ދެ ގައުމުގެ އެމްބަސީތައް ގުޅިގެންނެވެ.