Last Updated: June 7, 10:21
Sunday, June 7, 2026
ޚަބަރު

ކަނޑު އުޅަނދުގެ ޒަމާނީ މޮނިޓަރިން ނިޒާމެއް ގާއިމުކޮށްފި

ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް ހަރުދަނާކަމާ އެކު މޮނިޓަރކުރުމުގެ ނިޒާމެއް އިމިގްރޭޝަނުން ޤާއިމުކޮށްފި އެވެ.

އެތަނުގެ ސީޕޯޓު ޑިވިޝަނުން މިހާރު ވަނީ ޔުނިވަސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (ޔޫއޭއައިއެސް) ގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް ހަރުދަނާކަމާއެކު މޮނިޓަރކުރުމުގެ ނިޒާމެއް ޤާއިމުކޮށްފައިވާކަން އިއުލާންކޮށްފަ އެވެ.

މި އިންތިޒާމުގެ ދަށުން، މާލެ ޕޯޓު ސަރަހައްދުން ފެށިގެން 30 ނޯޓިކަލް މޭލު ސަރަހައްދުގައި ދުއްވާ އެންމެހާ ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް ރިއަލްޓައިމްކޮށް ދެނެގަތުމުގެ ޤާބިލުކަން ލިބިގެން ދާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އަދި މިއީ ބައިނަލްއަގުވާމީ ފެންވަރުގެ ޕޯޓުތަކުގައި ވެސް އެތަންތަނުގެ ހިންގުން ހަރުދަނާ ކުރުމަށާއި، ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ބޭނުންކުރަމުން އަންނަ ޒަމާނީ ސިސްޓަމެެކެވެ.

މި ނިޒާމުގެ ސަބަބުން ސީޕޯޓު ޑިވިޝަނުން ދޭ ކްލިއަރެންސްތައް އިތުރަށް ހަލުވިވެ، ޚިދުމަތުގެ ފެންވަރު ރަނގަޅު ވާނެ ކަމަށް ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.