Last Updated: August 7, 10:52
Thursday, August 7, 2025
ޚަބަރު

ހައި ކޯޓްގެ ފަނޑިޔާރު ކަމަށް ހުޅުވާލައިފި

ހައި ކޯޓްގެ ބެންޗުން ހުސްވެފައިވާ ފަނޑިޔާރު ކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި އެވެ.

ފަނޑިޔާރު ކަމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އަލުން ހުޅުވައިލީ ފަނޑިޔާރަކަށް އައްޔަން ކުރަން ނިންމި ދެ ބޭފުޅުންގެ ތެރެއިން މުހައްމަދު ޝަހީދު ޝަރުތު ހަމަ ނުވާ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހެޅުމާއި އޭނަ އަކީ ސިޔާސީ އެކްޓިވިސްޓެއް ކަމަށް ބުނެ އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ނަން އަމިއްލަ އަށް ގެންދިއުމާ ގުޅިގެންނެވެ.

އެހެންވެ އަލުން ފަނޑިޔާރު ކަމަށް ހުޅުވާލައި ކުރިމަތިލާން ދިން ސުންގަޑި ހަމަވާނީ މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00 އަށެވެ.

ހައި ކޯޓްގެ ފަނޑިޔާރުންގެ ބެންޗުން ދޭ ބޭފުޅަކު މަދުވުމުން މި މަހުގެ 10 ގައި ކުރުމަތިލާން ހުޅުވައިލުމުން ޝަހީދު ހިމެނޭ ގޮތަށް 18 ބޭަފުލަކު ކުރިމަތިލެއްވި އެވެ. އޭގެ ތެރެއިން މުހައްމަދު ޖަމީލް އިއްޔެ ރޭ ވަނީ ފަނޑިޔާރު ކަމަށް އައްޔަންކޮށްފަ އެވެ.

ފަނޑިޔާރުންގެ އަސާސީ މުސާރަ އަކީ މަހަކު 45,700ރ. އެވެ. އަދި ލިވިން އެލަވަންސަށް މަހަކު 18,000ރ. އާއި ރިސްކް އެލަވަންސަށް މަހަކު 3,300ރ. ލިބެ އެވެ.