އައްޑޫ ސިޓީ ކައުންސިލަށް އާ ވެބްސައިޓެއް ޑިޒައިންކޮށް ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.
ކައުންސިލުން ބުނީ މި މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިި ވަނީ މި މަހުގެ 12 އާ ހަމައަށެވެ. ރަޖިސްޓްރީ ވާނީ ކުންފުނި ނުވަތަ ވިޔަފާރީގެ ނަމާއި ފޯނު ނަންބަރު އަދި މެއިލް އެޑްރެސް މި މެއިލަށް tender@adducity.gov.mv ފޮނުވައިގެންނެވެ.
މި ބީލަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ.
އައްޑޫ ކައުންސިލަށް އާ ވެބްސައިޓެއް ޑިޒައިން ކުރާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވައިލި އިރު، ކައުންސިލްގެ ވެބްސައިޓެއް www.adducity.gov.mv މިހާރު ވެސް ހިންގަ އެވެ. އެ ވެބްސައިޓަށް ގިނަ ދުވަސްތަކެއްވެފައިވާ އިރު، އޭގައި އާންމުކޮށް އަޕްޑޭޓް ކުރަނީ ކައުންސިލްގެ އިއުލާންތައް އެކަންޏެވެ.