Last Updated: August 7, 10:52
Thursday, August 7, 2025
ޚަބަރު

ޓޫރިސްޓުންގެ އަދަދު 1.3 މިލިއަނަށް އަރައިފި

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 1.3 މިލިއަނަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ޓޫރިސްޓް އެރައިވަލްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދަައްކާ ގޮތުން މި މަހުގެ
3 އާ ހަމައަށް ރާއްޖެއަށް 1،315،495 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 1،202،579 ޓޫރިސްޠުންނެވެ. އެހެންވެ މިއީ 9.4 ޕަސެންޓްގެ އިތުރުވުމެކެވެ.

މި މަހުގެ ފުރަތަމަ 3 ދުވަހު އެކަނި ވެސް ރާއްޖެ އަށް 20،627 ޓޫރިސްޓުން ޒިޔާރަތްކޮށްފައެވެ.

މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ތިން ގައުމަށް ބަލާ އިރު، ޗައިނާ އިން 194،159 ޓޫރިސްޓުން،
ރަޝިއާ އިން 155،324 ޓޫރިސްޓުން އަދި އިނގިރޭސިވިލާތުން 122،530 ޓޫރިސްޓުން އައިސްފައިވެ އެވެ.

ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމަށް ބަލާ އިރު، ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން މިހާތަނަށް އައިސްފައި ވެސް އެ ތިން ގައުމުންނެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.