އެމްޑީޕީގެ ހަރުގެއަށް ގެއްލުން ދިން މީހާގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ މ. ސްޓާ، މުހައްމަދު ރަޒީން، 49، އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖެހީ އިއްޔެ އެވެ.
މިދިޔަ ހަފްތާގައި ހިނގި މި ހާދިސާގައި ރަޒީން ވަނީ އެމްޑީޕީ ހަރުގޭގެ ދޮރަށް ގެއްލުން ދީފަ އެވެ.
ރަޒީން އަކީ މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެކެވެ. އެންމެ ފަހުން އޭނާ ހައްޔަރުކުރީ މާލޭގެ ކެފޭއެއްގެ ބިއްލޫރި ރެކު ތަޅާލި މައްސަލައެއްގައި މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.