Last Updated: July 12, 14:13
Sunday, July 12, 2026
ޚަބަރު

ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެ ވަޑައިގެންފި އެވެ.

މިއީ ނުރަސްމީ ދަތުރުފުޅަކަށްވާތީ ރައީސް މުއިއްޒުގެ މި ދަތުރުފުޅުގެ އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިދިޔަ ހަފްތާގަ އެވެ.

ނުރަސްމީ ދަތުރުފުޅެއްގައި މީގެކުރިން ވެސް ރައީސް ސިންގަޕޫރަށް ވަޑައިގެންފައިވެ އެވެ. އަދި އިނގިރޭސިވިލާތަށް ވެސް މިދިޔަ އަހަރުގެ ފަހުކޮޅު ރައީސް ނުރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ.