Last Updated: July 12, 14:13
Sunday, July 12, 2026
ޚަބަރު

އުރީދޫ އަށް ބޭރުގެ ޝަރަފުވެރި އެވޯޑެއް

އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްގެ މި އަހަރުގެ އެމްޕްލޯޔާ އޮފް ދަ އިޔާގެ ބްރޯންޒް ސްޓީވީ އެވޯޑް އުރީދޫ މޯލްޑިވްސް އަށް ލިބިއްޖެ އެވެ.

އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑަކީ މި ސަރަހައްދުގެ ލީޑިން ބިޒްނަސް އެވޯޑްސް ޕްރޮގްރާމުގެ ގޮތުގައި ވަރަށް ބޮޑަށް ބަލައިގަނެ، އެކި ސިނާއަތްތަކުގައި އިނޮވޭޝަނާއި އެކްސެލެންސްގެ އަގު ވަޒަންކުރާ އެވޯޑެކެވެ.

އުރީދޫން ބުނީ މި އެވޯޑަކީ އެ ކުންފުނީގެ މުވައްޒަފުންގެ އަގު ވަޒަންކޮށް، އެއްބާރުލުން ދީ، މުވައްޒަފުންގެ ފުރިހަމަ ގާބިލުކަމާ ހަމައަށް ވާސިލްވުމަށް ހިތްވަރު ލިބޭ، ކުރިއަރަމުން އަންނަ އޮގަނައިޒޭޝަނަލް ސަގާފަތެއް ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސް އިން ކުރަމުން އަންނަ މަސައްކަތުގެ އަހައްމިއްޔަތުކަން ހާމަކޮށްދޭ އެވޯޑެއް ކަމަށެވެ.

"އެމްޕްލޯޔާ އޮފް ދަ އިޔާގެ އެވޯޑު ލިބުމަކީ، މަސައްކަތުގެ މާހައުލުގެ ސަގާފަތެއް ގާއިމުކުރުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް ދައްކުވައިދޭ ކަމެއް. އަޅުގަނޑުމެންގެ ޓީމްގެ މެންބަރުން ފަރުދީ ގޮތުންނާއި ޕްރޮފެޝަނަލް ގޮތުން ކުރިއެރުވުމަށް ޓަކައި، އަޅުގަނޑުމެންގެ ޓީމްގެ މެންބަރުން ބާރުވެރިކޮށް، ގުޅާލައި، ގޮންޖެހުންތައް ކުރިމަތިކުރުވާ ކަމެއް. އަޅުގަނޑުމެންގެ ހުނަރުވެރި ޓީމަކީ، އުރީދޫއަކީ މަސައްކަތް ކުރާނެ އާދަޔާ ޚިލާފު ތަނަކަށް ހެދުމަށް، އެ ޓީމުގެ ޖޯޝާއި ކޮމިޓްމަންޓް އަދިވެސް އެބައޮތް،" އުރީދޫޏް ބުންޏެވެ.

އުރީދޫ އަކީ އުނގެނުމާއި ތަރައްގީގެ ފުޅާ ދާއިރާއެއްގައި ޕްރޮގްރާމްތައް ހިންގުމާއި ޑައިވާސިޓީ، އިކުއިޓީ އަދި އިންކްލޫޝަން ޕްރޮމޯޓްކުރުން ފަދަ ތަފާތު މަސައްކަތްތަކުގައި އިންވެސްޓްކުރުމަށް ހާއްސަ ކުންފުންޏެކެވެ. މި މަސައްކަތްތަކުގެ އަމާޒަކީ މުވައްޒިފުންގެ ބައިވެރިވުމާއި ދުޅަހެޔޮކަން އިތުރުކޮށް، މުޅި ޖަމިއްޔާގައި އިނޮވޭޝަނަށް މަގުފަހިކުރުންކަން އެ ކުންފުނިން ފާހަގަކުރެ އެވެ.