Last Updated: July 12, 14:13
Sunday, July 12, 2026
ޚަބަރު

ކަނޑުތައް ގަދަވެ، ބޮޑު ބަޔަކަށް ވައިޓް އެލާޓް

މޫސުން ގޯސް ދުވަހެއް - ފޮޓޯ: ޕޮލިސް

ވައިގަދަވެ ކަނޑު ގަދަވާނެތީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާ ބެހޭ އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ސަރަހައްދަށެވެ. އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ ހެނދުނު 7:30 އާއި ހަމައަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ އެލާޓް ނެރެފައިވާ ވަގުތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް އިއްޔެ އާއި ރޭ ވެސް އެލާޓްތައް ނެރެފައިވެ އެވެ.