Last Updated: June 7, 10:21
Sunday, June 7, 2026
ޚަބަރު

އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު މަރުވެއްޖެ

ފުވައްމުލަކުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު މަރުވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ އެކްސިޑެންޓު ހިނގީ ފުނާޑު، ހުސްނުހީނާ މަގުގައި ކަމަށާއި ކުއްޖާ ދުއްވި ސައިކަލު ފާރެއްގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް އެ ސަރަހައްދުގައި ހުރި ހޮޅިދަނޑިއެއްގައި ޖެހިފައިވާ ކަމަށެވެ.

އެ ހާދިސާ ރިޕޯޓްކުރީ ރޭ މެންދަމު 2:40 އެހާކަށްހާ އިރު އެވެ.

އެ ހާދިސާގައި ސައިކަލް ދުއްވި ފުވައްމުލައް ފުނާޑު، ދުނބުރިމާގޭ، ހަސަން ސިވާދު މަރުވީ ރޭ މެންދަމު 03:38 ހާއިރު ކަމަށް ފުވައްމުލަކު ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފުވައްމުލަކުގައި މީގެ ކުރިން ވެސް އެކްސިޑެންޓްތައް ހިނގައި ބައެއް މީހުންގެ ފުރާނަ ގެއްލިފައިވެ އެވެ.