Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

މުރައިދު އަށް 300 މީހުންގެ ޖާގައިގެ މިސްކިތެއް

ހއ. މުރައިދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.ދެ ރަށެއްގައި މިސްކިތް ބިނާ ކުރަން އިސްލާމިކް މިނިސްޓްރީން ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މިކަމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްްރީން އިއްޔެ އެމްޓީސީސީއާ އެކު ސޮއި ކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އާސިމެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސަޢުދީ އެވެ.

މުރައިދޫގެ އާ މިސްކިތް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ވުޟޫ ކުރާނެ ބަޔަކާއި، މުއްނާރު، ލޭންޑް ސްކޭޕިން އަދި ވަށާފާރުގެ އިތުރުން ލައިބްރަރީއެއް ވެސް އެކުލެވޭ ގޮތަށެވެ. އެކުލެވިގެންނެވެ. އަދި މި މިސްކިތް ބިނާ ކުރެވޭނީ ސޯލާ އިން ކަރަންޓް އުފެއްދޭ ސިސްޓަމް ވެސް ހަރުކުރެވޭ ގޮތަށެވެ.

މުރައިދޫގެ އާ މިސްކިތް މަސައްކަތް ފަށާތާ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކުރީ ދަޢުލަތުގެ ބަޖެޓުން 7.8 މިލިއަން ރުފިޔާއަށެވެ.