Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ހިނައިގަތުމާ ގުޅޭ ވޯކްޝޮޕެއް މާދަމާ މަރަދޫގައި

ފިރިހެން ކުދިންނަށް ހާއްސަކޮށްގެން އައްޑޫ މަރަދޫގައި ހިނައިގަތުމާ ގުޅޭ ވޯކްޝޮޕެއް ބާއްވަން ނިންމައި އޭގައި ބައިވެރިވާން ހުޅުވާލައިވި އެވެ.

މި ވޯކްޝޮޕް އިންތިޒާމު ކުރަނީ ފޭދޫގެ ޖަމިއްޔާއެެއް ކަމަށްވާ މިޝްކާތު ފައުންޑޭޝަމުންނެވެ.

އެ ޖަމިއްޔާ އިން ބުނީ މަރަދޫގެ 12 އަހަރުން މަތީގެ ފިރިހެން ކުދިންނަށް ހާއްސަކޮށްފައިވާ ހިނައިގަތުމުގެ ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހަވީރު 6:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ވޯކްޝޮޕް ބާއްވަން ހަމަޖެހިފައި ވަނީ މަރަދޫ ބަނދަރުމަތީގައި ހުންނަ ކަސްޓަމްގެ ބިލްޑިންގުންގައި މާދަމާ އެވެ.

މިޝްކާތު ފައުންޑޭޝަން އަންނަނީ ސިލްސިލާކޮށް ދީނީ މުހިއްމު ކަންކަމާ ގުޅޭ ތަފާތު ވޯކްޝޮޕްތައް އެކި އުމުރުފުރާގެ ދެ ޖިންސްގެ ކުދިންނަށް ހާއްސަކޮށްގެން ހިންގަމުންނެވެ. އޭގެ ތެރޭގައި ނަމާދު ވޯކްޝޮޕްތައް ހިމެނެ އެވެ.

މިޝްކާތު ފައުންޑޭޝަނުން ބުނީ ހިނައިގަތުމުގެ ވޯކްޝޮޕެއް ބާއްވަން ނިންމީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.